Saturday, May 4, 2013

އުގެނުމުގެ ސްޓައިލްއާއބެހޭގޮތުން ޚިޔާލު


"އުނގެނުމުގެ ސްޓައިލްއޭ ބުނުމުން އެއިން ޤަޞްދުކުރެވޭ މާނައަކީ، މަޢްލޫމާތު ދެނެގަތުމާއި، އެއާ މެދު ވިސްނައި، އެ މަޢްލޫމާތުތައް ތަންޒީމުކުރުމުގައި ގެންގުޅެވޭ ވަކި ސާބިތު ގޮތެވެ." މިގޮތުން ބައެއް ކުދިންނަކީ އެމީހަކަށް ލިބޭ މަޢުލޫމާތުގެ އަލީގައި މާ ބޮޑުވިސްނުމަކާއި ނުލައި ގޮތް ނިންމާކުދިންނެވެ. ނުވަތަ އެ ބޭނުންކުރަން ފަށާކުދިންނެވެ. ނަމަވެސް އަނެއްބައި ކުދިންނަކީ އެ މައުލޫމާތާއިމެދު ފުންކޮށް އެކިގޮތްގޮތަށް ވިސްނާ ފިކުރުކުރާ ކުދިންނެވެ. އަދި މިއާއި ޚިލާފަށް އަނެއް ބައިކުދިންނަކީ އެކަމަކާއި ގުޅިފައިވާ ކޮންމެސް އެއްކަމަކާއިމެދު ވިސްނާ އެ އުގުމުން ދެންހުރި ކަންކަމުން ކުރިއަށްދާން ވިސްނާކުދިންނެވެ. އުގެނނުމުގެ ޗެޕްޓާރ ތަކުގެ ތެރެއިން މިޗެޕްޓަރގައި ބަލާލާފައިވަނީ  ރިފްލެކްޓިވިޓީ-އިމްޕަލްސިވިޓީ(ރިފެލެކްޓިވިޓީގެ މާނައަކީ ކުރިމަތިވެފައިވާ މައްސަލައާމެދު ރަނގަޅަށް ވިސްނައި ފިކުރުކުރުމަށްފަހު ޖަވާބަށް ވާޞިލުވުމެވެ)ފީލް-ޑިފެންޑެންސީ،-ފީލްޑް އިންޑިޕެންޑެންސް އަދި މެންޓަލް ސެލްފް-ގަވަރމެންޓް (ސްޓަރންބަރގްގެ އުނގެނުމުގެ ސްޓައިލުގެ މި ތިޔަރީ ބިނާކޮށްފައިވަނީ މަދަނީ ސަރުކާރުގެ ތަފާތު ވައްތަރުތަކާއި، ވަޒީފާތަކުގެ މައްޗަށެވެ.) މި ތިންވައްތަރުގެ މައްޗަށެވެ. 

ދަރިވަރުން ދަސްކުރާ ގޮތާއިމެދު ޚިޔާލު


ކޮންމެ ދަރިވަރަކީވެސް ތަފާތު ކުއްޖަކަށްވާއިރު ދަރިވަރުން އުނގެނޭ ގޮތާއި ދަސްކުރާގޮތްވެސް ތަފާތު ވެގެންދާނެކަމީ ޝައްކެތްހުރިކަމެއް ނޫނެވެ. ދަރިވަރުންގެ ތެރޭގައި ތިބެނީ ތިން ގޮތަކަށް ދަސްކުރާ ކުދިންނެވެ. އެހެނީ އެއްބައި ކުދިންނަކީ ކަންކަން ކޮށްގެން ދަސްކުރާ ކުދިންނަށް ވާއިރު އަނެއްބައި ކުދިންނަކީ އެއްޗެއް ފެނުމުން ދަސްވާކުދިންނެވެ. މިއާއި ޚިލާފަށް އަނެއްބައި ކުދިންނަކީ އަޑުއިވިގެން ކުރާ ކުދިންނެވެ. އެހެންކަމުން ކޮންމެ މުދައްރިސަކުވެސް އެމުދައްރިސެއް ކިޔަވައިދޭއިރު މި މައިގަނޑު ތިން ގޮތަށް ރިއާޔަތްކޮށް ފިލާވަޅު ތައްޔާރުކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ. އެހެންކަމުން ދަރިވަރުންގެ މިތަފާތުތަކާއި ކާމިޔާބު ގޮތުގައި ކުރިމަތި ލުމަށް ޤާބިލް ފަރާތަކަށް ކޮންމެ މުދައްރިސަކުވެސް ވުން ވަރަށް މުހިއްމެވެ. އެހެންކަމުން މުދައްރިސް ކްލާހުގައި ކިޔަވައިދޭ ގޮތާއި ހިންގާ ހަރަކާތްތައްވެސް މި ބަޔާންކުރެވުނު ކަންކަމަށް ވިސްނައިގެން އެހުރިހާއި ބައިތަކެއްވެސް އެކުލެވެގޮތަށް ކުރިއަށް ގެންދިއުމަކީ ނުހަނު މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. 

ކޮންސްޓްރަކްޓިވިޒަމްއާއި ބެހޭގޮތުން ޚިޔާލު



މިތިޔަރީގައި ބުނާގޮތުން މިއީ އަމިއްލަ ތަޖްރިބާތަކުގެ އަލީގައި ބައިވެރިވެގެން ދަސްކުރާ ދަސްކުރުމެވެ. މިއީ މިވެނި މީހެއްގެ ތިއަރީއެކޭ ބުނެވޭކަން ނެތެވެ. މިއީ އަހަރެމެންނށް އެނގިފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް އެކަމާއި ދޭތެރޭގައި ވިސްނާ އަހަރެމެން އަމިއްލަޔަށް އަހަރެމެންގެ ދުނިޔޭގައި ކުލަޖެއްސުމެވެ. އެނގިފައިހުރި އެއްޗަކާއި މިހާރު އެނގޭ އެއްޗަކާއި ގުޅުވައިގެން އާއެއްޗެއް އުފެއްދޭނެއެވެ. ހަމައެހެންމެ މިތިޔަރީގެ ސަބަބުން ކުދިންނަށް އެނގެންވެސް ދަސްކުރަންވެސް ފަސޭހަވެގެންދާނެއެވެ. ކިޔެވުމަކީ ހަމައެކަނި ފޮތެއްގައި ހުންނައެއްޗެއް ދަސްކުރުމެއް ނޫނެވެ. އެއާއި ޚިލާފަށް ކިޔެވުމަކީ އެއާއި މެދު ވިސްނާ ތަފާތު ގޮތްގޮތަށް އެ ބޭނުން ކުރަން އެނގުމެވެ. އެހެންކަމުން މިތިޔަރިއަކީ ވެސް ކިޔަވއިދިނުމުގެ މާހައިލުގައި މުދައްރިސުން ބޭނުންކުރުން ނުހަނު ބޭނުންތެރި ތިއަރީއެކެވެ.