Friday, April 19, 2013

ކޮގްނިޓިވް ލަރނިންގ ތިއަރީ ބެހޭ ގޮތުން ޚިޔާލު

ކޮގްނިޓިވް ލަރނިންގ ތިއަރީ

ޕިއާރޖޭގެ ކޮގްނިޓިވް ލަރނިންގ ތިއަރިއަކީ މައިގަނޑުގޮތެއްގައި ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ތިއަރީއެކެވެ. އެހެންކަމުން ކްލާސް ރޫމެއްގައި މުދައްރިސައް މިތިޔަރީގެ ބޭނުން ހިފުމަކީ މާއުދަނގޫ ކަމަކަށް ވެގެންނުދަނެއެވެ. މިތިޔަރީ ބުނާގޮތުން  ކުދިންނަށް ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް އާ މަޢުލޫމަތުތަކެއް ދިނުމަކީ އޭގެސަބަބުން ކުދިންނަށް އުނގެނުމަށް ފަހިވެގެންދާނެ ކަމެކެވެ. ވުމާއިއެކު މުދައްރިސް ފިލާވަޅު ކުރިޔަށް ގެންދާއިރު އަބަދުވެސް ކުދިންނަށް އެފިލާވަޅެއްގެ މައުލޫމާތު ލިބިފައިވަނީ ކިހާމިންވަރަކަށްތޯ ބެލުމަށްފަހު އެކުދިންނަށް އެނގިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެއާއި ގުޅުވައިލައިގެން އާމައުލޫމާތުތަކެއް ދެވިދާނެއެވެ. އޭރުން ކުދިންނަށް އެފިލާވަޅެއް އޮޅުންފިލާޅެއް އަވަސްވެގެންދާނެއެވެ. އެހެންކަމުން ކުދިންގެ ވިސްނާވިސްނުމުގައި އަމިއްލައަށް އެކުއްޖަކު އެކުއްޖާޔާ ދޭތެރޭގައި ދެކޭގޮތާއި ފީލްވާގޮތާއި އަމިއްލައަށް ޤަބޫލުކުރާކުރުންތަކަކީ ސޯސިއަލް ކޮގްނިޓިވް ވިއުވުގައި ކުއްޖާ މޯރޓިވޭޓް ވެގެންދާނެ ގޮތްތަކެވެ. އެހެންކަމުން އެއީ ވަރަށް މުހިއްމު ކަންކަމެވެ. ޕިއާޖޭގެ މި ނަޒަރިއްޔަގައި ބުނާގޮތުން ކުއްޖާގެ ވިސްނުމުގެ ކުޅަދާނަކަން ބިނާވެފައިވަނި ނުވަތަ ވިސްނުން ތަރައްޤީވެގެންދަނީ ތަފާތު މަރުހަލާތަކެއްގެ މަތިންނެވެ. ނަތީޖާއެއްގެ ގޮތުން އެކިމީހުން ތަރައްޤީވާނި އެކިމިންވަރަށް އެކި ރޭޓުންނެވެ. ޕިއާޖޭ ބުނާގޮތުގައި ކުއްޖާގެ ވިސްނުން ތަރައްޤީވެގެންދަނީ މައިގަނޑު ހަތަރު ސްޓޭގެއްގެ ދަށުންނެވެ. އެހެންކަމުން މިސްޓޭޖްތަކުގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމުގައި އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ވިސްނުންތަރައްޤީ ވަމުންދަ ގޮތްތަކަށް އަހުލުވެރިވެ މުދައްރިސުން ކިޔަވައިދިނުމުގައި މިފަދަ ނަޒަރިއްޔަތަކުގެ ބޭނުން ހިފުންކޮންމެހެންވެސް މުހިއްމެވެ. އެހެނީ ކުދިން އަމިއްލައަށް ފިލާވަޅާއި ގުޅޭގޮތުން ވިސްނުމަށް ފުރުސަތުދީ ކުދިންގެ މަޝްވަރާޔާއި ޚިޔާލު ކިޔަވައި ދިނުމުގައި ބޭނުންކުރެވިދާނެއެވެ. އަދި ހަމައެއާއި އެކު ފިލާވަޅާއި ގުޅޭ ތަމްރީންތައް ކުދިންލައްވަ ހައްދުވާ މުދައްރިސްގެ ފުރިހަމައެއްބާރުލުމާއި ތަމްރީންތައް ހެދުމުގައި ކުދިންނަށް އެހިތެރިވެދެވިދާނެއެވެ. އޭރުން އެދަސްވާ އެއްޗެއް ކުދިންގެ ވިސްނުމުގައި ގިނަދުވަހަށް ރައްކާކުރެވިފައި ހުންނާނެއެވެ. މިއާއިއެކު ކުދިންނަށް އުނދަގޫ މަސައްކަތްތައް ހަވާލުކޮށް އެއީ ކުރެވިދަނެ ކަމެއްކަން ވިސްނައިދި ކުދިންގެ ވިސްނުން ބޭނުންކޮށްގެން އެފަދަ މަސައްކަތްތައް ހައްލުކުރުމުގެ ފުރުޞަތު ކުދިންނަށް ދެވިދާނެއެވެ.